މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ފިހާރަ ކުއްޔަށް ދިނުމަށް

ކ. ވިލިނގިލި އެދުރުވެހި އިމާރާތުގެ ހުޅަނގު ދެކުނުގައި ހެދިފައިހުރި 1 ނަންބަރު ފިހާރަ (1377 އަކަފޫޓު) ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2016/59) އިޢުލާނަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލައިފައިނުވާތީ، މި ފިހާރަ ކުއްޔަށް ދިނުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ތިރީގައި މިވާ ފިހާރަ 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

ކ. ވިލިނގިލި އެދުރުވެހި އިމާރާތުގެ ހުޅަނގު ދެކުނުގައި ހެދިފައިހުރި 1 ނަންބަރު ފިހާރަ (1377 އަކަފޫޓު)

މި ފިހާރަ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން "ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާގެ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2016 އެޕްރީލް 11 ވާ ހޯމަ ދުވަހުގެ 9:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާގައި ބަހައްޓަވަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ރަޖަބު 1437

10 އޭޕްރިލް 2016
ހޯދާ