މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި މިކޯޓުން 28 ފެބުރުވަރީ 2016 ވަނަދުވަހު ކުރި އިޢުލާން ނަންބަރު: K5C-A/2016/12 އާ ގުޅިގެން ދީފައިވާ މަޢުލޫމާތުގައިވާ ސެކިއުރިޓީ ބަލަހައްޓަންޖެހޭ ގަޑިތަކަށް ބަދަލު އައުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:30 އަށް މިކޯޓަށް ނުވަތަ މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޯޓަށް ނުވަތަ މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
03 ރަޖަބު 1437
10 އޭޕްރިލް 2016
ހޯދާ