ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދަން

އިޢުލާން

މި ސްކޫލުގެ ކްލާސްރޫމްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެއްޖެ

މި ސްކޫލުން ކުރި ނަންބަރު:012/2016/GS145/IUL އިޢުލާނަށް ކުރިމަތިލެއްވި ތިންފަރާތުގެ ތެރެއިން ދެފަރާތް ޝަރުޠު ހަމަނުވާތީ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. 

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އަލަށް އިމާރާތްކުރި 9 ކްލާހަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މި ސްކޫލުގެ ނަންބަރު: 6640574 އާއި ގުޅުއްވުމަށް ދަންނަވަމެވެ. އަދި [email protected] ނުވަތަ [email protected] މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

11 އޭޕްރިލް 2016
ހޯދާ