ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް)

ސެކްޝަން:

-  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1- ރިސެޕްޝަން ކައުންޓަރ ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

2- ތަކެތި ބަލައިގަތުން (ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޮނުވާ ތަކެއްޗާއި، އިދާރާއަށް ބޭނުންވެގެން ގަންނަ ތަކެތި)

3- އިދާރާގެ އެންޓްރީ ބެލެހެއްޓުން.

4- ސްޓޮކް ބެލެހެއްޓުން.

5- ދުވަހުން ދުވަހަށް މަސްރިޕޯޓް ތައްޔާރުކޮށް ވެރިއަކަށް ދެއްކުމަށްފަހު، ހއ. އަތޮޅު ކައުންސިލަށް ފޮނުވުން.

6- ގޯތިރަޖިސްޓްރީއާއި އިމާރާތާއި ގޯތި ރަޖިސްޓްރީ ހެއްދުމާއި ބެލެހެއްޓުން.

7- ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީ ތައްޔާރުކުރުން.

8- މަގާއި ބަނދަރު ހޮޅިބުރިތައް މަރާމާތުކުރަންޖެހޭ ތަކެތި ހުރިތޯ ބެލުމާއި، އެފަދަ ކަމެއް ހުރިނަމަ ކައުންސިލަށް ހުށަހަޅައި، ކައުންސިލް ރައީސްގެ މަޝްވަރާގެމަތިން އެކަމެއް ޙައްލުކުރުން.

9- އޮޑިދޯނިފަހަރުގެ ސަލާމާތީ ސެޓްފިކެޓް ހެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ބަރުމަރުކާ ސެޓްފިކެޓް ހެއްދުމާއި، ޕަސިންޖަރުން އުފުލުމުގެ ސެޓްފިކެޓް ހެއްދުން.

10- މުވާސަލާތާބެހޭ ތަކެއްޗާއި މެޝިނަރީ މަރާމާތުކޮށް ބެލެހެއްޓުން.

11- އިދާރާގެ ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސާބެހޭ ކަންތައްތައް ބެލެހެއްޓުން.

12- އާންމުކޮށް ރައްޔުތުންނަށް ކައުންސިލުން އަންގަންޖެހޭ ކަންކަން އެންގުން.

13- ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަނަމާދަށް ދަންނަވާ ލިޔުމާއި ޚުޠުބާ ހަވާލުކުރުން.

14- ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓާއި، ކަނދުފަތި ކައިރިން ބާނާ މަހުގެ ރިޕޯޓް ތައްޔާރުކުރުން.

15- އާންމުންގެ ގޯތިގެދޮރާއި ސަރުކާރުގެ އިމާރާތްތަކުގެ މަގުމަތި ސާފުތާހިރުކުރޭތޯ ބެލުމާއި، އެކަންކަން ބަލައި ކައުންސިލަށް އެންގުން.

16- އެއްބުރިއަށްވުރެ ގިނަބުރިއަށް އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިދާރީގޮތުން ދޭންޖެހޭ އެއްބާރުލުން ދިނުން.

17- އިދާރާއިން ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ލިޔުން ތައްޔާރުކުރުމާއި، އެތަކެތި ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލް ކުރުން.

18- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

19- ރަށަށް ޒިޔާރަތްކުރާ ޓީމްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.

20- އަރުވާލާ މީހުންނާއި ގޭގައި ބަންދުކުރަންޖެހޭ މީހުންނާ ބެހޭގޮތުން

(ހ) ބަންދުކުރުމާއި، ދޫކުރުމާއި، އެމީހުންނާބެހޭ ރަޖިސްޓްރީ ބެލެހެއްޓުން.

(ށ) ބަލިވެއްޖެނަމަ ބޭސްފަރުވާގެ އިންތިޒާމް ހަމަޖެއްސުން.

(ނ) ރަށުން ބޭރަށް ފޮނުވަންޖެހޭ މީހުންގެ ކަންކަން ބެލެހެއްޓުން.

21- ސިޔާސީ ޕާޓީތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންގަވާ ކަންތައްތަކުގައި އެހީތެރިވުން.

22- ލަނގުވާތަކެތި ނުވަތަ ހޮވާތަކެތީގެ މަޢުލޫމާތު އިދާރާއަށް ލިބުމުން، އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން

23- ފައިލްކުރުން.

24- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

25- އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

26- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

27- މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަމްރީން.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

- ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު، 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500061 އެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ