| 
 މަޤާމު 
 | 
 ލޯންޑްރީ އެސިސްޓެންޓް 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1 
 | 
 ރޭންކް:SS1 
 | 
| 
 މުސާރަ 
 | 
 މަހަކު -/3100 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1000 ރުފިޔާ 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 ވ.އަތޮޅު ހޮސްޕިޓަލް / ފެލިދޫ 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- މަރުކަޒުގައި ބޭނުންކުރާ ފޮތީގެ ބާވަތްތައް (ބެޑްޝީޓް، ބާލީސްއުރަ، ދޮރުފޮތި) މަރުކަޒަށް ދަތިވިޔަ ނުދީ ދޮވެ އިސްތިރި ކުރުން.
 
- މަރުކަޒުގެ ލޯންޑްރީ ސާފުކޮށް ބެލެހެއްޓުމާއި ލޯންޑްރީގައި ހުންނަ އެންމެހާ ތަކެތީގެ ހިސާބުތައް ބެލެހެއްޓުން.
 
- ހޮސްޕިޓަލުން އުކާލަންޖެހޭ މެޑިކަލް ހަޒާޑްސް (ބޭސްފަރުވާ ކުރުމަށްފަހު އުކާލެވޭ ނުރައްކާތެރި ކުނިބުނި) އަދި ކުނީގެ ގޮތުގައި ހިމެނޭ އެހެނިހެން ކުނިބުނި ރައްކާތެރިގޮތުގައި އިންސިނެރޭޓްކޮށް ނައްތާލުން.
 
- ހޮސްޕިޓަލްގެ އެތެރޭގެ ހުރިހާ ތަޅުންގަނޑުތައް، ފާޚާނާތަކާއި ސިންކުތައް އަދި ފަރުނީޗަރުތައް (ގޮނޑި، މޭޒު، ރެކް، ކައުންޓަރ އަދި ބޯޑުތައް) ސާފުކޮށް ބެލެހެއްޓުމާއި އެތެރޭގެ މަކުނުވާތައް ސާފުކުރުން.
 
- މަރުކަޒު ފޮޅައި ސާފުކުރުމާއި، ގޯތިތެރެ ކުނިކަހައި ސާފުކުރުމުގައި މަސައްކަތުމީހާއަށް އެހީވުން،
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
 1 . ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
  | 
| 
 ޢިނާޔަތްތައް 
 | 
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރިސްކް      އެލަވަންސް ހަމަޖައްސައިދެވޭނެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލްގެ ކައުންޓަރުން) ލިބެން ހުންނާނެއެވެ.
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވ.އަތޮޅު ހޮސްޕިޓަލަށް 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 2016 ވަނަ އަހަރުގެ މޭމަހުގައި، ވ.އަތޮޅު ހޮސްޕިޓަލްގައި 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6700029 އެވެ. ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ އިދާރާއިންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. 
 |