ދިވެހިރާއްޖެ
އިޢުލާން
1437 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވާ ޤައުމީ ޤުރުއާން މުބާރާތަށް ބޮޑު ބަދަލުތަކެއް 13 މާރިޗު 2016 ގައި ގެނެސްފައިވާތީ، މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތުން ހޮވިފައިވާ 15 ދަރިވަރުންނަކީ އަތޮޅުގެ އަލިގަދަ ދަރިވަރުންނެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވުމަށް އޮޑިޝަނެއް ބޭއްވުމަށް ކަނޑައަޅައި އެ އޮޑިޝަން 2016 މޭ 27 އަދި 28 ގައި ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު 15 މޭ 2016 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިއޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު 06 އެޕްރީލް 2016 އިން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިފޯމު މިކައުންސިލްގެ ވެބްސައިޓް www.haadhaal.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމުގައި ދަންނަވަމެވެ.
28 ޖުމާދަލްއާޚިރާ 1437