އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ކުނި އުކާލަދޭނެ ފަރާތެއް ހޯދަން

އިޢުލާން

މަދަރުސާގެ ކުނިއުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިމަދަރުސާގެ ކުނިއުކާލަދޭނެ ފަރާތެއް ހޯދަން ކުރިން ކުރި މިނަންބަރުB-MAI/IUL/2016/11  (21 ފެބުރުވަރީ 2016 ) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާގެ ރިސެޕްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 2:00 އަށް

18 އެޕްރީލް 2016 (ހޯމަ) ދުވަހުގެ 2:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016
ހޯދާ