ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގަނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

* އަންދާސީހިސާބު ބޭނުންވެއްޖެ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 1 އަހަރުދުވަހުގެ މުއްދަތަށް ކުޑަހުވަދޫ ކުނިގަނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތާއި ފޯމު ދޫކުރުން 11 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕަސް އިމާރާތުގެ ސެމިނަރރޫމްގައެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 18 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމްގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

60%

މާލީ ތަނަވަސްކަން

20%

ތަޖުރިބާ

20%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ