މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވީޑިއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ބޭނުމަށް ދަނޑުވެރިކަމާ ގުޅޭ ވީޑިއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިވީޑިއޯ ކްލިޕްތައް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މިނިސްޓްރީއަށް އެޑްރެސްކޮށެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާ އެޑްރެސް އަދި އިޢުލާން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

04 މޭ 2016 ވާ ބުދަ ދުވަހުގެ 10:00 އަށް

14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339238، 3339232، 3339207 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

07 އޭޕްރިލް 2016
ހޯދާ