ޑިރެކްޓަރ
|
މަޤާމު:
|
ދާއިމީ
|
މަޤާމުގެ ގިންތި:
|
އީ. އެކްސް. 1 / ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
|
އޮފީސް / އިދާރާ:
|
|
ސެކްޝަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
މަހަކު -/8،835 ރުފިޔާ
|
މުސާރަ:
|
މަހަކު -/2،000 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
1 (އެކެއް)
|
ބޭނުންވާ އަދަދު:
|
- ޒިންމާދާރު ވެރިޔާގެގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިސްވެ ބެލެހެއްޓުން.
- ކައުންސިލްގެ ލަފަޔާއި އިރުޝާދާއި މަޝްވަރާގެމަތިން ކައުންސިލްގެ އިދާރާގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާއި، ކައުންސިލްގެ އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރިވުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ހިންގުމުގައި ކައުންސިލަށް އެހީތެރިވެ، އެ ޤާނޫނު ހިންގުމުގައި ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގައި ޒިންމާވުން.
- ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކާއި ކޮމިޝަނުގެ އިރުޝާދުތަކާ އެއްގޮތަށް، ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ދިނުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސައިދިނުން.
- ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޗުއްޓީ ދިނުން.
- ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލްގެ އިދާރާ ހިންގުން.
- ކައުންސިލްގެ ޖަލްސާތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ޖަލްސާތަކުގައި ބައިވެރިވުން.
- ކައުންސިލްގެ އިދާރާގެ ސެކްޝަންތައް ބެލެހެއްޓުމާއި، އިދާރާގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.
- އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަސައްކަތް ކުރުން.
- އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، ޢަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި އުޞޫލުތައް އަންގައިދީ، އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތް ބައްޓަންކޮށް މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސުޕަވައިޒްކުރުން.
- ކައުންސިލްގެ އިދާރާގެ މުވައްޒަފުނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޕަރމަނަންޓް ސެކްރެޓެރީންނާއި، ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރުވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާގޮތަށް ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް، ޒިންމާދާރުވެރިން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (%30)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
- ލިބިފައިވާ ހުނަރު
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
- އިމްތިޙާނު (%30)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު:3303648)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|