ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުމާގުޅޭ

އިޢުލާން

މިއިދާރާއަށް 1.5 މިއިދާރާއަށް 1 މިއިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާގުޅޭ:

މިއިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ފޯނުންވެސް ސާފުކުރެވޭނެއެވެ. މިގޮތުން ކައުންސިލް އިދާރާގެ ނަންބަރު 6800709 އަދި ކައުންސިލްގެ ރައީސް ނަންބަރު 9723919 ގުޅުއްވައި މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަގު ހުށަހަޅާއިރު ބްރޭންޑް ނިއު ޕިކަޕެއްގެ އަގާއި، ސެކަންޑްހޭންޑް ޕިކަޕެއް ވިއްކާނެ އަގު ސާފުކުރަން ބޭނުންވެއެވެ.

  • މަޢުލޫމާތު ސާފުކުރުން: 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި
  • އަންދާސީހިސާބު ހުށައެޅުން: 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކުން ނަމަ، ރަޖިސްޓަރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ