ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، ތަންފީޒުކުރަމުންދާ ޓިއަރ 2 ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޕޮލިސީ އޮފިސަރ 1 އަދި ޕޮލިސީ އޮފިސަރ 2 |
އަދަދު : 02 |
ފެންވަރު ނުވަތަ ޝަރުޠު: · ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ލޭބަރ އިކޮނޮމިކްސް، ޑިވެލޮޕްމަންޓް/އިންޓަރނޭޝަނަލް އިކޮނޮމިކްސް، ޓްރޭޑް ނުވަތަ އިންޓަނޭޝަނަލް ބިޒްނަސް އިން ޑިޕްލޮމާއެއް ނުވަތަ ޔުނިވަރސިޓީ ޑިގްރީ އެއް ހާސިލުކޮށްފައިވުން. · މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. · ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެގުން. · އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެގުން. |
މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 4:00 އަށް
މުސާރަ: 10,000/- ދިވެހިރުފިޔާ (އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭގޮތުގެ މަތިން)
ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:30 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 –14:00 ދެމެދު 3333174 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
28 ޖުމާދަލްއާޚިރާ 1437