މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ 363 ނަންބަރު ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، ޢާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭގޮތުން

އިޢުލާން

މި މިނިސޓްރީގެ ނަންބަރު (IUL)138-DS2/138/2016/18 (15 މާރިޗު 2016) ގެ އިޢުލާނުގެ 3 ވަނަ ނަންބަރުގައިވާ މަޢުލޫމާތު އަންނަނިވި ގޮތަށް އިޞްލާޙުކޮށް މި އިޢުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން އިޞްލާޙު ކުރެވުނު ގޮތަށް ޢަމަލު ކުރުމަށް ނިންމައިފީމެވެ.

3. 363 ނަންބަރު ކޮށި ( ޓީވީ ކޮށި ) ގައި ޢިމާރާތް ކޮށްފައިވާ ރެހެންދި 3 ގެ 10 ފްލެޓް ގަތުމަށް މިހާރު ހުޅުވާލާފައިވާ ފުރުޞަތުގައި 10 އެޕްރީލް 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް -/2,000,000 (ދެ މިލިޔަން) ރުފިޔާ ހުށަހަޅުއްވާ ފަރާތްތަކުގެ މެދުގައި ބީލަމުގެ އުޞޫލުން ހުޅުވާލައިގެން އެންމެމަތީ އަގެއް ހުށަހެޅުމުގެ އިތުރު ބުރެއް ބާއްވައި، ބަންދު ކުރެވިފައިވާ ސިޓީއުރައިގައި، ހުށަހަޅުއްވާ އެންމެމަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށް ފްލެޓް ވިއްކުމަށެވެ. މިގޮތުން، ފްލެޓް ގަތުމަށް އެންމެމަތީ އަގެއް އެއްފަރާތަށްވުރެ ގިނަފަރާތުން ހުށަހަޅާފައިވާނަމަ، އަދި އެ އަގަކީ އެއް އަގެއްނަމަ، ފްލެޓް ވިއްކާނެ ފަރާތް ކަނޑައަޅާނީ އެންމެމަތީ އަގެއް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

ގުރުއަތުން ހޮވޭ ފަރާތަކަށް، އެފަރާތުން ހުށަހެޅި އަގަށްވާ ފައިސާ އެއްފަހަރާ ދެއްކުމަށް ދެވޭ މުއްދަތު ބަޔާންކޮށް މި މިނިސްޓްރީން ސިޓީއެއް ހަވާލު ކުރެވޭނެއެވެ. މިގޮތުން ދެވޭ މުއްދަތުގެ ތެރޭގައި ފައިސާ އެއްފަހަރާ ނުދެއްކިއްޖެނަމަ، ގުރުއަތުލުމުގައި ބައިވެރިވީ، ދެމީހުންނަމަ ދެވަނަމީހާއަށް ފްލެޓްގަތުމުގެ ފުރުޞަތު ދެވޭނެއެވެ. ގުރުއަތުގައި ބައިވެރިވި މީހުންގެ އަދަދު ދެމީހުންނަށްވުރެ އިތުރުނަމަ، ކުރިން ދެންނެވުނު އުސޫލުން އެމީހުންގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ވިއްކުމަށް މީހަކު ހޮވާނީއެވެ.

09 އޭޕްރިލް 2016
ހޯދާ