ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ފަރެސްމާތޮޑާގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލް އިދާރާއިން ކޮށްފައިވާ IUL-D/423/2016/19 އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލް އިދާރާއިން ދޫކުރެވޭ ބީއޯ ކިއު އާއި ކުރެހުންތަކުގެ މައްޗަށް ބިނާކޮށް 19 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ނެޓްބޯޅަކޯޓު ހެދުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖުމާދަލްއާޚިރާ 1437