ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޑްރައިވަރ
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ:
ހޮސްޕިޓަލުގެ ވެހިކަލްތައް ދުއްވައި، އެތަކެތި ސާފުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ވަޒީފާގެ ޒިންމާތައް:
- ހޮސްޕިޓަލުގެ ދުއްވާ އެއްޗެހި ދުއްވުމުގައި ގަވާއިދަށާއި މަގުމަތީގެ ސަލާމަތަށް ސަމާލުކަންދީގެން ދުއްވުން.
- ހޮސްޕިޓަލުގެ ދުއްވާ އެއްޗެހި ރަނގަޅަށް ފޮހެ ސާފުކުރުމާއި، ހުރިހާ ވެހިކަލްތަކެއް ދޮވުން.
- ހޮސްޕިޓަލުގެ ހުރިހާ ވެހިކަލްތަކުގެ ދަތުރުތަކާއި ތެލުގެ ހިސާބުތައް ލޮގު ފޮތުގައި ލިޔެ ބެލެހެއްޓުން.
- އެކިއެކި ބޭނުމަށް ހޮސްޕިޓަލުން މާލެއަށް ގެންދަންޖެހޭ ތަކެތި މާލެ ގެންދިއުމާއި، މާލެއިން ހޮސްޕިޓަލަށް ގެންނަންޖެހޭ ތަކެތި ގެނައުން.
- މީގެ އިތުރުންވެސް ހޮސްޕިޓަލްގެ ބޭނުމަށް ކުރަންޖެހޭ މަސައްކަތްތައް، ވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 އެޕްރީލް 14 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން |
މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
1. ވަޒީފާއަށް އެދޭ ފޯމު
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ހިމެނެންޖެހޭ ވަޒީފާއަށް އެދޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.