ދިވެހިރާއްޖެ
ކޮލެޖްގައި އުޅޭ ކުދިންނާއި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެންމެ ރަނގަޅު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމާއެކީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ރަނގަޅު ފުރުޞަތެކެވެ.
މަޤާމުގެ ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ ޑިޕްލޮމާ/ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް.
- ސޮޕްޓްވެއަރ ޑިވެލޮޕްްމަންޓް، “PHP” އަދި MySQL އިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެއެވެ.
- މިކޮޅުންދޭ ޕްރެކްޓިކަލް ޓެސްޓަކުން ފާސްވުން.
ވަޒީފާގެ ޒިންމާތައް:
- ޑިޒައިންކުރުމުގެ މަސައްކަތާއި، "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތް ކުރުން.
- " ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީގެ މަސައްކަތް ކުރުން.
- ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން.
- ކުންފުނީގައި ބޭނުންކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާކުރުން.
- ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާކުރުމަށް އެހީތެރިވެ، ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން.
މުސާރައާއި ޢިނާޔަތް:
ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.
ކުރިމަތިލުމުގެ ސުންގަޑި: 2016 އެޕްރީލް 14 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން. |
މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދޭ ފޯމު
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ.
- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.