ދިވެހިރާއްޖެ
މަޤާމް :ޕާޓްޓައިމް ލެކްޗަރަރ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :24 | |||||||||||||||||||||||||||||||||||||||||||||||
އިޢުލާން "ޕާޓްޓައިމް ލެކްޗަރަރުން ހޯދުން" މާލޭ ކެމްޕަހުގައި މި ފެކަލްޓީގެ ފަރާތުން ހިންގާ ކޯސްތަކުގެ ތިރީގައިވާ މާއްދާތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.
ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) އުޖޫރަ: - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ - މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް: - ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ފެކަލްޓީގެ ފަރާތުން އެދޭ އެދުމެކެވެ. އެހެނީ މި އިޢުލާނުގައި ބަޔާން ނުކުރެވޭ ކިތަންމެ ވާހަކައެއް ހުންނާނެތީއެވެ. 27 ޖުމާދަލްއާޚިރާ 1437 |