ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރުން ހޯދުން

މަޤާމް :ޕާޓްޓައިމް ލެކްޗަރަރުން
ބޭނުންވާ އަދަދު :5

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރުން ހޯދުން

ހދ. ކުޅުދުއްފުށީ ކެމްޕަހުގައި، މި ފެކަލްޓީގެ ފަރާތުން ހިންގާ "ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލޭންގުވިޖް" ކޯހުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން އަދި ސުޕަވައިޒަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ތިރީގައި މިވަނީއެވެ. ކޮންމެ މާއްދާއަކަށްވެސް ބޭނުންވަނީ 01 (އެކެއް) ލެކްޗަރަރއެވެ.

-  ޑިސްކޯސް އެންޑް ޕްރެގްމެޓިކްސް

-  އެޑްވާންސްޑް ރައިޓިންގ އެންޑް ރެޓޮރިކްސް

-  މޯފޮލޮޖީ

-  މިޑީވަލް ހިސްޓްރީ އޮފް މޯލްޑިވްސް

-  ޑައިރެކްޓްޑް ރިސަރޗް ޕްރޮޖެކްޓް

ލެކްޗަރަރުންނަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ކެމްޕަހުގައެވެ.

ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:  - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

      - މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ

ވީމާ، ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހދ. ކުޅުދުއްފުށީ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

- ކޯސް ނިންމިކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ