އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފިންގަރ ޕްރިންޓް މެޝިން ހޯދުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ތިރީގައި މިދަންނަވާ ފިންގަރޕްރިންޓް މެޝިން މިހޮސްޕިޓަލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

Description

Item #

FingerTec TA100C-R Premier Color Fingerprint Time Attendance System with RFID Feature and PoE integrated

(Device should Integrate with existing Application of IGMH )

10 Nos

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
  • ކުންފުނީގެ މަޢުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ނޮވެންބަރު 2014 އިން ފެށިގެން އެޕްރީލް 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (ޖަނަވަރީ 2016 އިން މާރިޗު 2016) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
  • ވޮރަންޓީ ސިޓީ – ވޮރަންޓީ ދޭ ފަރާތުން އައި.ޖީ.އެމް.އެޗަށް ވޮރަންޓީ ދޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި އުފައްދާ ފަރާތުގެ ހުއްދައިގެ ލިޔުން.

ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާކްސް

މާކްސް ދެވޭ އުސޫލު

1

އަގު

75

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުންހުރި 01 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުންހުރި 02 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުންހުރި 03 ލިޔުމަށް – 10 މާކްސް

3

މުއްދަތު

5

އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

4

މާލީ ހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓް ރިޕޯޓަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް ފިންގަރ ޕްރިންޓް މެޝިން ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 13 އެޕްރިލް 2016 ވާ ބުދަދުވަހުގެ 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކްގެ (ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ. އަދި ބިޑްތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން

2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3- ޚިދުމަތްދޭ ފަރާތާއި، ތިމާގެ ކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

29 ޖުމާދަލްއާޚިރާާ 1437

07 އޭޕްރިލް 2016
ހޯދާ