ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފ. ނިލަންދޫ ރައްޔިތުންގެ މުއައްސަސާއަށް ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އާންމުކޮށް އިޢުލާންކުރަމެވެ.

މަޤާމް:

ސޭލްސްމަން

މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/3،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ

 

 

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ފިހާރަޔަށް ލިބޭ ބިލްތަކާއި އެނޫންވެސް އެފަދަ ލިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން.

2. ފިހާރައަށް ގެންނަ މުދާ ބަލައި ޗެކްކޮށް، ބިލުގެ އަނެއްފަރާތުގައި ތައްގަނޑު ޖަހައި، މުދާ ލިބުނުކަމަށް ސޮއިކުރުމާއި، ވެރިއަކު ލައްވައި ސޮއިކުރުވުން.

3. ނައްތައިލަންޖެހޭ މުދަލެއް ހުރިނަމަ، މަހަކު އެއްފަހަރު ލިސްޓް ތައްޔާރުކޮށް، ފިހާރައިގެ އެސިސްޓެންޓް މެނޭޖަރާ ނުވަތަ ވެރިޔަކާ ހަވާލުކުރުން.

4. ފިހާރަޔަށް ގެންނަންޖެހޭ މުދާ ނޯޓްކުރާ ފޮތުގައި ނޯޓްކުރުން.

5. ފިހާރައަށް ގެނެސްފައިހުންނަ މުދަލުގެ މުއްދަތު ހަމަވޭތޯ ބަލައި، މުއްދަތު ހަމަވާން އެއްމަސްދުވަހަށް ކައިރިވުމުން،  ފިހާރައިގެ އެސިސްޓެންޓްމެނޭޖަރ ނުވަތަ ވެރިއެއްގެ ސަމާލުކަމަށް އެކަން ގެނައުން.

6. ފިހާރައިގެ މުދާ ހަރުތައް ހަޑިވިޔަނުދީ ސާފުކޮށް ބަލަހައްޓަމުންގެންދިއުން.  

7. މުދާ ގަންނަން އަންނަ މީހުންނަށް މުދާ ނަގައިދިނުމާއި، މިނެކިރާން ޖެހިއްޖެ ހާލަތެއްގައި މިނެކިރުމާއި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ކަމޭހިތުމާއެކު އިޙްތިރާމްކުރުން.

8. ފިހާރައިގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑާއި، ޑިއުޓީ ހާޟިރީ އާއި ބޭރަށްދިއުމަށް ހުއްދަދޭ ފަދަ މުވައްޒަފުންނާއި ބެހޭގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/3،500 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ ރައްޔިތުންގެ މުއައްސަސާ

 

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމައެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. އިންޖީނުގެއަށް ލިބޭ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލައިގަތުމާއި، ފައިސާއާބެހޭ ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން.

2. ރީޑިންގ ނަގާފައިވާ ފޮތް ފުރިހަމަކޮށްފައިވޭތޯ ބަލައި، ކޮންމެ މީލާދީ މަހެއް ނިމުމުގެ ކުރިން، އެ މަހެއްގެ ރީޑިންގޝީޓް ތައްޔާރުކޮށް، ކަރަންޓް ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ރަޖިސްޓްރީ ފޮތް ދުވަހުން ދުވަހަށް ފުރިހަމަކުރުން.

3. ކޮންމެ މަހެއްގެ ރީޑިންގް ނަގައި ނިމުމާއެކު، ބިލު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ބިލް ފޮނުވުމާއި، ކަންކަމާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އެނޫން ބިލުތައްވެސް ފޮނުވައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރުމާއި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާބެހޭ މަޢުލޫމާތު، އިންޖީނުގެ ހިންގުމާ ހަވާލުވެހުންނެވި ވެރިޔަކަށް އެންގުން.

4. ރައްޔިތުންގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓް މަހުންމަހަށް ހޯދައި އެއެކައުންޓް ހިސާބު ބެލެހެއްޓުން.

5. ރައްޔިތުންގެ މާލިއްޔަތުން ކާށި ވިއްކައިގެން ލިބޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

6. އިންޖީނުގެއާއި ރައްޔިތުންގެ ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެތަކެތީގެ ހިސާބު ބެލެހެއްޓުން.

7. އިންޖީނުގޭ މުވައްޒަފުންނާއި، ނަރުދަމާ ނިޒާމުގެ މުވައްޒަފުންގެ މުސާރަސީޓް ކޮންމެ މީލާދީ މަހެއްގެ 21 ވަނަ ދުވަހު ތައްޔާރުކޮށް ޤަވައިދުން މުސާރަ ނަގައި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

8. އިންޖީނުގެއިން ޚަރަދުކުރަންޖެހޭ ބިލްތަކުގެ ފައިސާގެ ލިޔުންތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފުރިހަމަކޮށް، ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ފައިސާ ހަވާލުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ތައްތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ގިނަވަގުތު މަސައްކަތުގެ އުޅެވޭ ފަރާތްތަކަށްވުން.

5. އިންޓަވިއުން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 އެޕްރީލް 13 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފ. ނިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގައި ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވީމާ، އެ ތާރީޚުގައި އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ތިބުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން އެލަވަންސާއި، ދަތުރު އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ ސޭލްސްމަނެއްގެ މަޤާމާއި ފ. ނިލަންދޫ ރައްޔިތުންގެ މުވައްސަސާއަށް އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

9. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

 

 

އެހެނިހެން ކަންތައްތައް:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ފުރިފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • މި މަޤާމަށްމީހަކު ހޮވުމުގައި ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ، މުސާރަ ދެވޭނީ، މަޤާމުގެ މުސާރައިގެ % 85 އަށްވާ މިންވަރަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ފ. ނިލަންދޫ ކައުންސިލް އިދާރާގެ  6740016 ނަންބަރު  ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ