ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޑަބަލްކެބެއް ގަތުން

  1. މި ކޯޕަރޭޝަނަށް ބޭނުންވާ ޑަބަލްކެބެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
  2. މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 10 އިން 2016 އެޕްރީލް 14 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އާ ދެމެދު 32.00 ޔޫ.އެސް ޑޮލަރު ނުވަތަ -/500 (ފަސްސަތޭކަ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 އެޕްރީލް 17 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 5 ، ބިޑު ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 30 (ތިރީސް) ދުވަސް ދެވެންވާނެއެވެ.
  4. ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ހަވާލުކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 24ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބިޑާގުޅޭ މުހިންމު ދުވަސްތަކާއި ގަޑިތައް:-

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމާއި ޑޮކިޔުމަންޓް ދޫކުރުން

2016 އެޕްރީލް 10 އިން 2016 އެޕްރީލް 14 އަށް

09:00 އިން 14:00 އަށް

މަޢުލޫމާތު ދިނުން

2016 އެޕްރީލް 17 ވާ (އާދީއްތަ)

10:00 ގައި

އަގު ހުށަހެޅުން

2016 އެޕްރީލް 24 ވާ (އާދީއްތަ)

10:00 ގައި

ބިޑްސިޓީއުރަތައް ކެނޑުން

2016 އެޕްރީލް 24 ވާ (އާދީއްތަ)

10:00 ގައި

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވެމްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ވެމްކޯއަށް ލިބިގެންވެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ

މަޖީދީމަގު

ޕޯސްޓަލްކޯޑް: 20161

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު:  3000581   

ފެކްސް ނަންބަރު: 3000584 

ވެބްސައިޓް:  www.wamco.com.mv

އީމެއިލް: [email protected]

28 ޖުމާދަލްއާޚިރާ 1437
05 އޭޕްރިލް 2016
ހޯދާ