ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ގައްދޫ ސިނާޢީ ސަރަޙައްދުގެ A ޒޯނުން ތެޔޮ ވިއްކުމަށްޓަކައި 3 ވަނަ ނަންބަރު ބިން ކުއްޔަށް ދޫކުރުން

ގައްދޫ އައިސް ޕްލާންޓް ސަރަޙައްދުގެ ސިނާޢީ ބޭނުންތަކަށް ކަނޑައެޅިފައިވާ 3 ނަންބަރު ބިން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 02 މޭ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް އަދި ދެންނެވުނު ޝަޚްޞެއްގެ ބަދަލުގައި އަންނަ ފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. ބީލަމަށް ކުރުމަތިލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލު ތިރީގައި މިވަނީއެވެ.

1

ތަނުގެ ކުލި

50

2

މާލީ ޤާބިލުކަން

20

3

ތަޖުރިބާ

10

4

ވަޒީފާ އުފައްދާ މިންވަރު

05

5

ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ

05

6

އިންވެސްޓްމަންޓް

10

26 ޖުމާދަލްއާޚިރާ 1437
04 އޭޕްރިލް 2016
ހޯދާ