ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓުގެ ގޯތީގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން
އިޢުލާން
މިކޯޓުގެ ނަންބަރު 01/N2C/2016 (17 މާރިޗު 2016) އިޢުލާން ބާޠިލުކޮށް، އެމަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.
މި ކޯޓުގެ ގޯތީގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އެޕްރީލް 2016 ދުވަހުގެ 14:00 އަށް މި ކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އެޕްރީލް 2016 ދުވަހުގެ 13:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
29 ޖުމާދަލްއާޚިރާ 1437
07 އެޕްރީލް 2016
ހޯދާ