ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމްތަކުގައި ކުލައާއި ދަވާދުލުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ 

މި ސްކޫލުގެ ކްލާސްރޫމްތަކުގައި ކުލައާއި ދަވާދުލުން

މި ސްކޫލުގެ ކްލާސްރޫމްތަކުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00

14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983089 ނަންބަރު ފޯނާއެވެ.

05 އޭޕްރިލް 2016
ހޯދާ