މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 އެއަރކޯން ހަރުކުރުމަށް

އިޢުލާން

ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާގައި 3 އެއަރކޯން ހަރުކުރުމަށް ބޭނުންވެއްޖެ.

ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ އިދާރީބައިގައި ހަރުކޮށްފައިވާ 3 އެއަރކޯން ނެގުމަށްފަހު، މިދަންނަވާ ބީ.ޓީ.ޔޫ ގެ 3 އެއަރކޯން ހަރުކުރުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

24 ބީ.ޓީ.ޔޫ ގެ 2 އެއަރކޯން. ( ޕެނަސޮނިކް )

12 ބީ.ޓީ.ޔޫ ގެ 1 އެއަރކޯން. (ޕެނަސޮނިކް)

މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 1:30 ގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު، އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ. އެކަކަށް ދެމީހުންގެ ނަމުގައި އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 90

މަސައްކަތުގެ ތަޖުރިބާ : % 5

މަސައްކަތުގެ މުއްދަތު: % 5

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1437  

05 އޭޕްރިލް 2016
ހޯދާ