އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހޮސްޕިޓަލް މެނޭޖަރ

ހޮސްޕިޓަލް މެނޭޖަރ

މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ހޮސްޕިޓަލްގެ އިދާރީ ހިނގުން ހިނގާނުހިނގާގޮތް ރަނގަޅަށް ބަލައި، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހަދައިދިނުމަށް މަސައްކަތްކުރުމަށް ޚާއްޞަ މަޤާމެކެވެ.

މަޤާމުގެ ޝަރުޠު:
  • ހެލްތް ސަރވިސް މެނޭޖްމެންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން. ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން

ވަޒީފާގެ ޒިންމާތައް:

  • ޞިއްޙީ ޚިދުމަތް ދިނުމަށް ނިންމާފައިވާ އުސޫލުތަކާ އެއްގޮތަށް ހޮސްޕިޓަލްގެ ސްޓްރެޓެޖިކް މަސައްކަތް ރާވައި ހިންގުމާއި ލަނޑުދަނޑިތައް ހާސިލުވާނެގޮތަށް މަސައްކަތް ރާވައި ހިންގުން 
  • އިދާރީ މަސައްކަތް ކުރިއަށް ރާވައި ހިންގާ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުން
  • ދެވޭ ޚިދުމަތް މެދުނުކެނޑި، ޚިދުމަތްތަކުގައި ދިމާވާ މައްސަލަތައް ބަލައި ޙައްލުކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ދެވޭނެ ނިޒާމެއް ޤާއިމުކުރުން
  • ބޭނުންވާ ތަކެތި ހޯދައި، އންވެންޓްރީއާއި ސްޓޮކް މަސައްކަތް ބަލަހައްޓާނެ ޚަރުދަނާ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެހެއްޓުން
  • ފައިސާއާ ބެހޭ މުޢާމަލާތްތައް ގަވާއިދާ އެއްގޮތަށް ކުރުން
  • މީގެ އިތުރުން ވަޒީފާއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ރާވައި ކުރިއަށް ގެންދިއުން

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:  14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު      2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނެވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016
ހޯދާ