ދިވެހިރާއްޖެ
އިޢުލާން
2016 ވަނައަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:
2016 ވަނަ އަހަރުގެ މޭ/ޖޫންމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.
މިކަމަށް އެދޭ ފޯމު 2016 އެޕްރީލް 50 ން 2016 އެޕްރީލް 14 ގެ ނިޔަލަށް، މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން މި މުއްދަތުގައި ޑައުންލޯޑު ކުރެއްވޭނެއެވެ. ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:00 އަށެވެ.
ޗީފްއިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މިޑިޕާޓްމަންޓްގެ ވެބްސައިޓުގައި ހިމަނާފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އެޕްރީލް 5 ވަނަ ދުވަހުގެ 14:00ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
25 ޖުމާދަލްއާޚިރާ 1437