ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު -/4،465 ރުފިޔާ  | 
| 
 މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:  | 
 ފެމިލީކޯޓު / ޝަރީޢަތްކުރުމާބެހޭ ބައި  | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 - ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު -/2،700 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
| 
 
 އަސާސީ ޝަރުޠު:  | 
 - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  | 
| 
 
 
 
 
 މައިގަނޑު މަސްއޫލިއްޔަތު:  | 
 - ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި، މައްސަލައިގެ ފައިލް ތައްޔާރުކުރުން. - ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރު ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލުން ކޯޓު އަމުރުބަހާ މުވައްޒަފުންނާ އަމުރު ހަވާލުކުރުން. - މައްސަލައާ ގުޅިގެން ސެކްޝަނަށް ހުށަހެޅޭ އެންމެހައި ލިޔެކިޔުންތަކަށް ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމާއި، މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް މައްސަލައިގެ ފައިލުގައި ފައިލްކުރުން. - މައްސަލަ ނިމުމުން، މައްސަލައިގެ ފައިލުގައި ހިމެނޭ ހުރިހާ ލިޔެކިޔުންތައް ސްކޭންކުރުން. - ސެކްޝަނަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުން. - މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް.  | 
| 
 
 
 
 
 
 ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:  | 
 - ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލުން މަތީގެ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ، ހަމައެކަނި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.  | 
| 
 ސުންގަޑި:  | 
 17 އެޕްރީލް 2016 ގެ 14:30 ގެ ކުރިން.  | 
| 
 
 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 26 ޖުމާދަލްއާޚިރާ 1437  | 
|
