އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިންތިޚާބަށް ތާއީދު ހޯދެއްވުމާ ބެހޭ

އިންތިޚާބަށް ތާއީދު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމުގައި ހުރިހާ ފަރާތްތަކުންވެސް "ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013" ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ނުވާނޭ ގޮތަށް  ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

މި އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމަށްޓަކައި މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 ރަމަޟާން 1434

04 އޮގަސްޓް 2013
ހޯދާ