ދިވެހިރާއްޖެ
އިޢުލާން
ވިޜުއަލް އަދި ޕާރފޯމިންގ އާޓްސް މުބާރާތް 2016
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2016 ވަނަ އަހަރު ދެއްވަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅުއްވާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ދާއިރާއިން، ތިރީގައި ދެންނެވިފައިވާ ދެ މައުޟޫޢު ރަމްޒުކޮށްދޭގޮތަށް، ވިޜުއަލް އަދި ޕާރފޯމިންގ އާރޓްސްގެ އެހީގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ އުފެއްދުމެއް ހުށަހަޅާ ދެ ފަރުދުންގެ އުފެއްދުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިދެންނެވުނު މައުޟޫޢަކީ:
ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަސްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކުލޯއެއްގެ މައްޗަށް ބިނާކޮށް އަސްލު ނުގެއްލޭގޮތަށް ބަޔާންކޮށް އުފައްދާފައިވާ މަސައްކަތެއް.
ވީމާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އިންތިޒާމްކޮށް ހުޅުވައިލާ މި މުބާރާތަކީ، މިދެންވުނު މައުޟޫޢަށް އަމާޒުކޮށް، ވިޜުއަލް އަދި ޕާރފޯމިންގ އާޓްސްގެ އެހީގައި އެންމެ ރަނގަޅު އުފެއްދުމެއް ތައްޔާރުކުރާ ދެ ފަރުދުން ހޮވުމަށް ބޭއްވޭ މުބާރާތެކެވެ.
މިގޮތުން އުފައްދާ އުފެއްދުންތައް ތިރީގައި ބަޔާންކޮށްފައިމިވާ މީޑިއަމްތަކުގެ ތެރެއިން ކޮންމެ މީޑިއަމެއްގެ އެހީގައިވެސް ތައްޔާރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.
- މިއުޒިކަލް
- ކޮމިކް
މިގޮތުން ހޮވޭ ފަރާތްތަކުގެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.
26 ޖުމާދަލްއާޚިރާ 1437