ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ރަށާއި ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ    

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް   

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް. 1

މަޤާމުގެ ޝަރުޠު / ތަޢުލީމީ ފެންވަރު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމަމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖޭ މައިގަނޑު މަސްއޫލިއްޔަތުތައް:

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެދަށުން ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކައުންސިލަރުންނާއި ސެކްޝަނުގެ ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަޝްވާރާއާއި ލަފާގެމަތިން ރާވައި ހިންގައި ބެލެހެއްޓުން.

 (1) ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

 (2) ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި ކުނި ނައްތައިލުމުގެ ނިޒާމާއި ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން.

 (3) ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި ފެރީ ދަތުރުފަތުރުގެ ކަންތައްތައްކުރުން.

 (4) ފެނާއި، ނަރުދަމާއާއި، ކަރަންޓް ފަދަ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

 (5) ރަށުގެ އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތަކާއި ޕާކްތައް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

(6) އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ޚިލާފަށް ހިންގަމުންދާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި، އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

(7) ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިންނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަޢާރަޒުނުވާގޮތުގެމަތިން، ރަށުގެ ބިން ދޫކުރުމާއި، ބިމާއި އިމާރާތާއި ގޯތިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީ ހެދުމާއި، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި އިމާރާތްކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(8) ރަށުގެ ބިމުގެ ދަފުތަރު އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައިލައި، ދައުލަތުގެ ކަމާބެހޭ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

(9) ރަށުގެ ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

(10) ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(11) ރޭގަނޑު ރަށުގެ މަގުމަތި ދިއްލުމަށް ބޭނުންވާ އެންމެހައި ވަސީލަތަތައް ހޯދައި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ރާވައި ހިންގައި ބެލެހެއްޓުން.

(12) ރަށުގައި މަނދިރި އާލާވާ ތަންތަން ނައްތައިލުމުގެ މަސައްކަތްކުރުމާއި، މަނދިރި ކޮންޓްރޯލް ކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(13) ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(14) މަގުމަތީގައި މީހުން ހިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަންދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(15) އިސްވެ ބަޔާންކުރެވުނު ހުރިހާ ކަންކަމާ ގުޅޭގޮތުން ލިޔެ ތައްޔާރުކުރަންޔެޖެހޭ ސިޓީ، މެސެޖް، ރިޕޯޓުތައް ލިޔެ ތައްޔާރުކޮށް، ސެކްޝަން ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތިން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

(16) އިސްވެ ދެންނެވި ހުރިހާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

(17) ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތްތައް ކުރުން.

(18) ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މި މަޤާމަށް ކުރިމަތިލާއިރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އިދާރާއަކުން ދޫކޮށްފައިވާ ލިއުން.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓް ކުރެވިފައި)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއެކު ކޮޕީ އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައި)

- ދިވެހި ރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓް ކުރެވިފައި)

ސުންގަޑި:

2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

އިންޓަވިއު އޮންނާނެ ތާރީޚު:

މި މަޤާމަށް އެދޭ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، 15 އެޕްރީލް 2016 އާއި 20 އެޕްރީލް 2016 އާ ދެމެދު ކޮލަމާފުށީ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6820017 ނަންބަރު ފޯނާއެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ