ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ޖެނެރަލް

މި އޮތޯރިޓީއަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑައިރެކްޓަރޖެނެރަލް

:ވަޒީފާ އަދާކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

:މަސައްކަތުގެ ދާއިރާ

މާރކެޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/13,890 ރުފިޔާ (ތޭރަހާސް އަށްސަތޭކަ ނުވަދިހަ)

އިނާޔަތްތައް:

- ފުޑް އެލަވަންސް: -/35 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)

- ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް

- ސީ.އެމް.ޑީ.އޭގައި މަސައްކަތް ކުރާތާ އެއްއަހަރުވުމުން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ % 10 ، 10 އަހަރުވަންދެން ދެވޭނެއެވެ.

ޝަރުޠުތައް:

- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބެންކިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން / ނުވަތަ އިސްވެ ބަޔާންވެފައިވާ ފެންވަރާއި އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ކެޕިޓަލް މާކެޓް ރެގިއުލޭޓަރީ އޮތޯރިޓީ ނުވަތަ ސްޓޮކް އެކްސްޗޭންޖު ނުވަތަ ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ މިފަދަ އިދާރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން (އޭގެތެރެއިން މާސްޓަރސް ޑިގްރީ ހާސިލުކުރި ފަހުން މެނޭޖީރިއަލް ނިންމުންތައް ނިންމުމުގެ ޒިންމާ އެކުލެވޭ ޕޯސްޓެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން)؛ ނުވަތަ

- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބެންކިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލު ކޮށްފައިވުން / ނުވަތަ އިސްވެ ބަޔާންވެފައިވާ ފެންވަރާއި އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ކެޕިޓަލް މާކެޓް ރެގިއުލޭޓަރީ އޮތޯރިޓީ ނުވަތަ ސްޓޮކް އެކްސްޗޭންޖު ނުވަތަ ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ މިފަދަ އިދާރާއެއްގައި 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން (އޭގެތެރެއިން ބެޗެލަރސް ޑިގްރީ ހާސިލުކުރި ފަހުން މެނޭޖީރިއަލް ނިންމުންތައް ނިންމުމުގެ ޒިންމާ އެކުލެވޭ ޕޯސްޓެއްގައި 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން).

- ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ނޯޓް: ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ މިދާއިރާއިން ދަށްވެގެން މާސްޓަރސްް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ކެޕިޓަލް މާކެޓާ ގުޅުންހުރި ކަންކަމަށް ޕޮލިސީ ޕޭޕަރު ތައްޔާރުކުރުމާއި ދިރާސާކުރުން.

- އޮތޯރިޓީން ހިންގާ ޕްރޮގްރާމްތައް ވިލަރެސްކުރުން.

- މާރކެޓް އިންޓަރމީޑިއަރީސް އާ ގުޅިގެން، ރެގިއުލޭޓްކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މެނޭޖްމަންޓާއެކު މަސައްކަތްކުރުން.

- ކުންފުނިތައް ޕަބްލިކަށް ދިއުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- އެޕްލިކޭޝަން ފޯމު

- ކަރިކިއުލަމް ވިޓާ (ސީވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)

- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް

ނޯޓު:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.

- މިމަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަރވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެެެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މިއޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް، 3 ވަނަ ފަންގިފިލާ

އަމީރު އަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ