މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ސަރވިސްގެ ޑޮޕްލަރ ވެދަރ ރާޑަރގެ ޑޯމް ވޯޓަރޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/06 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން MMS-A/2016/8 ނަންބަރު އިޢުލާން ކޮށްގެންވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައެއް ނުވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ