ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ބެލެއްޓުމާބެހޭ

އިޢުލާން

2016 ވަނަ އަހަރު މަގުބައްތިތައް މަރާމާތުކޮށް ބެލެއްޓުމާބެހޭ:

މިރަށު މަގުތަކާއި ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް 2016 ވަނަ އަހަރުގެ ނިޔަލަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)394/394/2016/5 (ތާރީޚު: 14 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާއަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ