ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށުގެ ބޭރު މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށުގެ ބޭރު މަގުތައް 2016 ވަނަ އަހަރުގެ ނިޔަލަށް ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)373/INDIV/2016/17 (16 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކްލަބް، ޖަމްޢިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަންޖެހޭނެއެވެ. މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ލިބޭނީ ވޭތުވެދިޔަ 05 އަހަރުދުވަހު ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ