ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ޑިޒައިންކުރުން
އިޢުލާން
ކުޑަހުވަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކް ޑިޒައިންކުރުން:
ކުޑަހުވަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކް ޑިޒައިންކުރުމަށް ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ، މި އިދާރާގެ ނަންބަރު B-381/I-2016/09 އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު އެޕްރީލް 05 ވަނަ ދުވަހުން ފެށިގެން 2016 އެޕްރީލް 11 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 12 އެޕްރީލް 2016 ވަނަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމްގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 14 އެޕްރީލް 2016 ވަނަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމްގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
10% |
މުއްދަތު |
20% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
03 އޭޕްރިލް 2016
ހޯދާ