މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢާތްތެރި (ފިރިހެން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޖަމާޢާތްތެރި (ފިރިހެން)

މަޤާމް ނަންބަރު:

252309، 226591

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 

ޑިޕާޓްމަންޓް:

ފިއުނަރަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ / ހުޅުމާލެ ސަހަރާ

މުސާރަ:      

މަހަކު -/4،465 ރުފިޔާ

ސާރވިސްއެލެވެންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)      

މަޤާމުގެ ޝަރުޠު:

1- ޖަމާޢަތްތެރިކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2- ޖަމާޢަތްތެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މައްޔިތާ ވަޅުލުމުގައި ކުރަންޖެހޭ މަސައްކަތްތައް ދީނީގޮތުން އެކަން ކުރަން އޮންނަ އެންމެ ރަނގަޅަށް ކުރުން.

2. މާލޭސިޓީގައި އެވަގުތަކު މީހުން ވަޅުލަމުންދާ ސަހަރާގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3. ނިޔާވެގެން ސަހަރާއަށްގެންދާ މައްޔިތުން ވަޅުލުމުގައި މައްޔިތާގެ އާއިލާއިން އެދޭ ކަންތައްތަކުގައި ދެވެން އޮންނަ އެހީތެރިކަމެއް ދިނުން.

4 މައްޔިތާ ވަޅުލުމުގައި އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ، ވީއެންމެ އަވަހަކަށް މާލޭ ސިޓީކައުންސިލްގެ ކަމާބެހޭ ވެރިއަކަށް އެކަން އެންގުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު ފަރާތްތައް.   

އުޖޫރައާއި ޢިނާޔަތްތައް:

މި  މަޤާމުގައި  ވަޒީފާ  އަދާކުރާ  މުވައްޒަފުންނަށް،  ޑިއުޓީކުރާ  ދުވަސްތަކަށް  ހެނދުނު 6:00 އިން  ރޭގަނޑު 12:00 އަށް ދުވަހަކަށް -/25 ރުފިޔާ، އަދި ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ޑިއުޓީ ކުރާ މުވައްޒަފުންނަށް ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން ޝިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ. އަދި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި މަސައްކަތް ކުރުމުން، ސިވިލް ސަރަވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން ބަންދު ދުވަހުގެ ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ، އެކްރެޑިޓް ކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ  އެއްގޮތަށް  ނުވަތަ  އެ  ނަމޫނާގައިވާ  އެންމެހައި  މަޢުލޫމާތު  ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ އެއް)
  • ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތަށް އެނގޭނޭ ތަފްސީލީ ލިޔުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުރަވީ ބިލްޑިންގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv  އިން  ޑައުންލޯޑް  ކުރެވެން  ހުންނާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

އިންޓަވިއު އޮންނަ ދުވަހާއި ތަން:

 

- މި  މަޤާމުތަކަށް  ކުރިމަތިލާފައިވާ  ފަރާތްތަކާ  އިންޓަވިއުކުރުމަށް  2016  އެޕްރީލް  21  ވަނަ ދުވަހުން ފެށިގެން  މި  އިދާރާއިން  ގުޅަމުން  ގެންދާނެއެވެ.  އިންޓަވިއު  ކުރިޔަށްދާނީ،  ކަނބާއައިސާ  ރަނި ހިނގުމުގައި ހުންނަ މި އިދާރާގެ އޮފީހުގައެވެ.

- މި މަޤާމްތަކަށް އިންޓަވިއު ކުރުމަށް ގުޅާނީ، މެރިޓް އުޞޫލުން ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު، 10 ފަރާތަށެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު 7989840 ނަންބަރު ފޯނަށް ނުވަތަ 3306727 ނަންބަރު ފޯނަށެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016
ހޯދާ