ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ
މަޤާމް: ރިލީފް ޓީޗަރ (ވަގުތީ)
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އިތުރު ޢިނާޔަތް:
ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، ސްކޫލް ނިންމިކަމުގެ ލިޔުމާއި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ކައިރިކިއުލަމް ވިޓާ (ސީވީ) އާއެކު، 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުވުން އެދެމެވެ.
އިންޓަވިއު:
މި މަޤާމަށް އެދޭ ފަރާތްތަކަށް ކުރެވޭ އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތުގެ ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.
22 ޖުމާދަލްއާޚިރާ 1437