އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް އޮޑިޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ނަން: އެސިސްޓެންްޓް އޮޑިޓަރ (ގްރޭޑް 1)

އަސާސީ މުސާރަ: -/4000ރ. (ހަތަރު ހާސް ރުފިޔާ)

ސަރވިސް އެލަވަންސް: ދުވާލަކަށް 163/33ރ. (ސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

އޮޑިޓް އެލަވަންސް: -/2000ރ. (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް: -/1500ރ. (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް:  ޑިޕްލޮމާ ހާސިލު ކޮށްފައިވާނަމަ -/500ރ. (ފަސްސަތޭކަ ރުފިޔާ)

           އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ ޝަރުޠު

  1. ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލުކޮށްފައިވުން. ނުވަތަ
  2. ސީ.އޭ.ޓީ ލެވެލް ސީ ފުރިހަމަކޮށްފައިވުން. ނުވަތަ
  3. އޭ.ސީ.ސީ.އޭ ޕާޓް 1 ފުރިހަމަ ކޮށްފައިވުން.

އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.
  2. ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓްގެ މަސައްކަތްތައްކުރުން.
  3. އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައިނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި:

12 އެޕްރީލް 2016 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިންޓަރވިއު:

  1. މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓްލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓުކުރެވުނުކަން އަންގާނީ ޝޯޓްލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓުކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
  2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައިވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަނުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3316430 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.    

31 މާރިޗު 2016
ހޯދާ