ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ތެރެއިން 2016 ވަނަ އަހަރު (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: - މާރިޗު 2016

ސްކިލްސް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން

ކޯހުގެ ދާއިރާ:

ޤައުމު

ފެންވަރު  (MNQF

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ލޯނުއެހީގެ މިންވަރު

ދިވެހިރާއްޖެ

ޑިޕްލޮމާ (ލެވެލް 5)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

20

-/40,000

ބެޗުލަރސް ޑިގްރީ (ލެވެލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/70,000

މާސްޓަރސް ޑިގްރީ (ލެވެލް 9)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

10

-/50,000

ދިވެހިރާއްޖެއިން ބޭރުން

ބެޗުލަރސް ޑިގްރީ

(ލެވެލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/100,000

މާސްޓަރސް ޑިގްރީ  (ލެވެލް 9)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

10

-/60,000

ޖުމުލަ

100

 

 

ފުރުޞަތުތަކުގެ ތަފުސީލު:

މި ސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 މާރިޗު 2016 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ.

ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން.  މެޑިކަލް ދާއިރާއިން އިންޓާރންޝިޕް ހަދާ ދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ.

ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއް ކަމުގައި ވުން.

ރ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން.

ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން.

ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން.

ކ.  ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކާ ޚަލާޞްކޮށްފައިވުން

އ. ލޯނުއެހީއަށް އެދި ހުށައަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 9 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން)

ވ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

މ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠުތައް:

  • މި ސްކީމް ހުޅުވާލެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ  ދަރިވަރުންނަށެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ސްކީމަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ ސަރުކާރު މެދުވެރިވެގެން މާލީ އެހީ ލިބިފައިވާ މިންވަރަށް ބެލުމަށްފަހު އެކަޑަމިކް މެރިޓަށް ޕޮއިންޓު ދީގެން އެންމެ މަތީން ޕޮއިންޓު ލިބޭ ދަރިވަރުންގެ ތަރުތީބުންނެވެ. ސަރުކާރު މެދުވެރިވެގެން މާލީ އެހީ ލިބިފައިވާ މިންވަރަށް ބަލައި ދަރިވަރުން ބަހާލެވޭނެ ބައިތައް މި ސްކީމުގެ އެނެކްސް 4A ގައި ބަޔާން ކުރެވިފައި އެވަނީއެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހު ޖާގައަށް/ ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ، މި ޖާގަ/ ޖާގަތަކަށް ލޯނު އެހީ ލިބޭ ދަރިވަރުން ހޮވާނީ ގުރުއަތުންނެވެ.
  • ލޯނު އެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 29 މާރިޗް 2016 އިން ފެށިގެން މި ޑިޕާޓްމަންޓްގެ ވެބްސައިޓް  (www.dhe.gov.mv) އިން ލިބެންހުންނާނެއެވެ. ވީމާ، ލޯނު އެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނު އެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • މި ސްކީމުގެ އުސޫލާއި މި އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނުގައިވާ މުއްދަތު ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް މުއްދަތު ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނު ފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނު އެހީ ކެންސަލްވާނެއެވެ. އަދި ލޯނު އެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނު އެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށުގެ ކޮޕީ ނުނަގާ އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ.

(އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުންކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެ އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމާއި އުޞޫލު 29 މާރިޗު 2016 އިން ފެށިގެން 21 އޭޕްރީލް 2016 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ޑިޕާޓްމެންޓުގެ ވެބްސައިޓަކީ: www.dhe.gov.mv  އެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • މަތީ ތަޢުލީމުގެ ލޯނު ސްކީމް (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް)– މާރިޗު 2016 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

  • އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2016 އޭޕްރީލް މަހުގެ 24 ން 28 އަށް ހެނދުނު 9.00 ން ފެށިގެން 14:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.

އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން:

ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މި މުއްދަތުގައި މި ޑިޕާޓްމަންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައިގަންނަވާނެއެވެ.  ވީމާ، ހުރިހާ ފަރާތްތަކުންވެސް 21 އޭޕްރީލް 2016 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު:  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341327، 3341381 ފޯނު ނަންބަރަށެވެ.

28 މާރިޗު 2016
ހޯދާ