މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ 28 މާރިޗު 2016 ގެ އިޢުލާން އިޞްލާޙުކުރުމަށްފަހު އަލުން މިނިސްޓްރީގެ ތިރީގައި (IUL)25-A5/1/2016/05 މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ.އެސް 1

މުސާރަ: މަހަކު -/8,835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: އެމެރިކާސް، އޮސްޓްރޭލިއާ އެންޑް އޯޝަނިއާ ޑިވިޝަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ރާއްޖެއާއި އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

2- އެމެރިކާސް އެންޑް އޯޝަނިއާގެ އެކިއެކި ޤައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މިޝަންތަކުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރޭތޯ ބެލުމާއި، އެކަމާ ގުޅިގެން ތައްޔާރު ކުރަންޖެހޭ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުން.

3- އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކަންތައްތައް ވިލަރެސްކުރުން.

4- މަސައްކަތް ހަވާލުކުރުމާއި ސުޕަވައިޒް ކުރުން: ސުޕަވައިޒަރުގެ ލަފާގެމަތިން ޑިވިޜަނުން ކުރާ މަސައްކަތްތަކާ ގުޅޭ ކަންކަން، މުވައްޒަފުންނަށް ދުވަހުން ދުވަަހަށް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތް އިތުބާރުކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުމާއި، ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތް ކުރަމުންދާގޮތް ބަލައި ސުޕަވައިޒްކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތުތައް ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާހުރިގޮތަށްތޯ ބެލުން.

5- އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށް ދޭ ތަމްރީނުގެ ފުރުޞަތުތަކަށް ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރުން.

6- ޑިވިޜަންގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހެން ޑިވިޜަންތަކާއެކު މަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) ފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ.އެސް 1

މުސާރަ: މަހަކު -/8,835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ       

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: އިންޓަރނޭޝަނަލް އެފެއާޒް ޑިޕާޓްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- އ.ދ ގެ ޖަލްސާތަކުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ކެންޑިޑޭޗަރ ސަޕޯޓް ރިކުއެސްޓްތައް ބަލަހައްޓައި، ދިވެހިރާއްޖެއިން ސަޕޯޓްކުރާނެ ފަރާތްތައް ކަނޑައެޅުމަށް ލަފާދިނުން.

3- ޔޫ.އެން އާބެހޭ ތަފާތު މަސައްކަތްތަކާ ބެހޭގޮތުން ބްރީފް ޕޭޕަރ ހަދައި، ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުން.

4- ޔުނައިޓެޑް ނޭޝަންސް ޖެނަރަލް އެސެމްބްލީގެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާމެދު ރިސަރޗް ހެދުމާއި، ކަރުދާސްތައް ތައްޔާރު ކުރުން.

5- މަސައްކަތް ހަވާލުކުރުމާއި ސުޕަވައިޒް ކުރުން: ސުޕަވައިޒަރުގެ ލަފާގެމަތިން ޑިވިޜަނުން ކުރާ މަސައްކަތްތައް މުވައްޒަފުންނަށް ދުވަހުން ދުވަހަށް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތް އިތުބާރުކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުމާއި، އަދި ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތްކުރަމުންދާގޮތް ބަލައި ސުޕަވައިޒްކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތު ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާހުރި ގޮތަށްތޯ ބެލުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1. މަޤާމު މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއެއް) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ: މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: ޖަޕާން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެމަތިން، ޖަޕާނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ޖަޕާންގެ އިންވެސްޓްމަންޓް ހޯދުމާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމާއި، ރާއްޖޭގެ އެކްސްޕޯޓު ކުރިއެރުވުމަށް މަސައްކަތް ކުރުން.

3- ދައުލަތުގެ އިސްވެރިން ޖަޕާނަށް ކުރައްވާ ދަތުރުފުޅުތަކާބެހޭ މަސައްކަތްތައް ކުރުން.

4- ރާއްޖެއާއި ޖަޕާނާ ދެމެދު ކުރާ އެއްބަސްވުންތަކުގެ މަސައްކަތްތައްކުރުމާއި، ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން.

5- ޖަޕާނާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

6- ޖަޕާނުން ލިބޭ ޓްރެއިނިންގއާއި ސްކޮލަރޝިޕް ފުރުޞަތުތައް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި ފޮލޯއަޕް ހެދުން.

7- ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ޖަޕާންގެެ ރައްޔިތުންނާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު އެ ޤައުމަށް ސާފުކޮށްދިނުމާއި، ޖަޕާނުގެ ރައްޔިތުންނާ ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ޙައްލުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

1- މަޤާމު މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީޒް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ  

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 

މަޤާމުގެ ރޭންކް: އެމް.އެސް 3

މުސާރަ: މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ކޮމާޝަލް ޑިޕްލޮމަސީ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއެކު ވިލަރެސްކޮށްގެން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހާމަކޮށްފައިވާ، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

2- ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، އެހެނިހެން އިދާރާތަކާ ގުޅިގެން، ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދައިދިނުމަށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުން.

3- ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުން.

4- މިނިސްޓްރީގެ ބައިލެޓެރަލް ޑިޕާޓްމަންޓުގެ ކަމާބެހޭ ޑެސްކްތަކާ ގުޅިގެން ދިވެހި މިޝަންތަކާއި ކޮންސިއުލޭޓްތަކުން ހިނގާ ކޮމާޝަލް ޑިޕްލޮމެސީގެ މަސައްކަތްތައް ވިލަރެސްކުރުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ އިންޓަރނޭޝަނަލް ބިޒްނަސްގެ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: ސީނިއަރ ޑެސްކް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: އެމް.އެސް 2

މުސާރަ: މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: މިޑްލް އީސްޓް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ރާއްޖެއާއި މިޑްލްއީސްޓްގެ ޤައުމުތަކާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

2- މިޑްލްއީސްޓްގެ އެކިއެކި ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން.

3- މިޑްލްއީސްޓްގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް އޮފީސްތަކާއި، ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމާއި، އެ ޤައުމުތަކުގެ ޑިޕްލޮމެޓިކް އޮފީސްތަކާއި، ކޮންސިއުލަރ އޮފީސްތައް ރާއްޖޭގައި ޤާއިމުކުރުމަށް މަސައްކަތް ކުރުން.

4- ޑިވިޜަނުން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހާއި، ޓޯކިންގ ޕޮއިންޓް ތައްޔާރުކުރުން.

5- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އެހެނިހެން ޢިއްޒަތްތެރިން މިޑްލްއީސްޓުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

6- މިޑްލްއީސްޓުގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށް ދޭ ތަމްރީނުގެ ފުރުޞަތުތައް، ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުން: މިގޮތުން ރާއްޖެއަށް ލިބޭ ކުރު މުއްދަތުގެ ތަމްރީނުތަކާއި، ދިގު މުއްދަތުގެ ތަމްރީނުގެ ފުރުޞަތުތައް، ހަމަޖެހިފައިވާ އުސޫލުގެމަތިން ކަމާބެހޭ އޮފީސްތަކަށް އަވަސްގޮތެއްގައި ފޮނުވައި، ޑެޑްލައިން ހަމަވުމުގެ ކުރިން ފޮލޯއަޕް ހެދުމާއި، އެހެނިހެން މަސައްކަތްތައް ކުރުން.

7- މިޑްލްއީސްޓުގެ ޢިއްޒަތްތެރިންނާއި، މިޑްލްއީސްޓުގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކަންތައްތައް "ވިލަރެސް ކުރުން".

8- މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށްޓަކައި މިނިސްޓްރީގެ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝިއަލް ސްޓަޑީސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- މަޤާމު މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: ޑެސްކް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީއެސް 3

މުސާރަ: މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ     

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: ޕްރޮޓޮކޯލް ޑިޕާޓްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ދަތުރުފުޅާބެހޭ ސިޓީތައް ލިބިމުން، އެ ސިޓީތަކަށް ޖަވާބު ފޮނުވުން.

2- ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި މަތީ ފެންވަރުގެ ވަފުދުތަކުގެ ޕްރޮޓޮކޯލާބެހޭ ހުރިހާ ކަމެއް ކުރުން.

3- ދިވެހިރާއްޖޭގެ ޢިއްޒަތްތެރިންނާއި ވަފުދުތައް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާބެހޭ ހުރިހާ ކަމެއް ހަމަޖެއްސައިދިނުން.

4- ބޭރު ޤައުމުތަކުން ރާއްޖެއަށް ވަޑައިގަންނަވާ އެކިއެކި ޢިއްޒަތްތެރިންނަށް ރާއްޖޭގެ ވަޒީރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން، މި ބައްދަލުކުރެއްވުންތައް އެ ބޭފުޅުންނަށް ހަމަޖައްސައިދިނުން.

5- ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕްރޮޓޮކޯލް ކަންތައް ކުރުން.

6- ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާ ވެރިންނާއި މިނިސްޓަރުންގެ ދަތުރުފުޅުތަކާބެހޭ ޕްރޮގްރާމް ތައްޔާރުކުން.

7- މިނިސްޓްރީން ބޭނުންވާ ހިނދެއްގައި ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ޖަލްސާ، ކޮންފަރެންސް، ސެމިނާރު، އަދި ވާރކްޝޮޕްގައި ޕްރޮޓޮކޯލާބެހޭ ކަންތައްތައް ކުރުން.

8- ދިވެހިރާއްޖޭގެ މުހިންމު މުނާސަބަތުތައް ފާހަގަކުރުމުގައި ދިމާވާ ޕްރޮޓޮކޯލާ ގުޅޭ ކަންތައްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީވެދިނުން.

9- މި ޑިޕާޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓެއްގެ މަސައްކަތްކުރަން ޖެހިއްޖެ ހިނދެއްގައި އެ މަސައްކަތާ ހަވާލުވެގެން ކުރިއަށް ގެންދިއުން.

10- ޑިޕްކޯ ފޮތް ތައްޔާރުކޮށް އޮފީސްތަކަށާއި މިޝަންތަކަށް ފޮނުވުން.

11- ދިވެހިރާއްޖެއިން ބޭރަށް ދަތުރުފުޅުކުރައްވާ ވަފުދުތައް ފޮށިކޮޅުތައް އެއަރޕޯޓަށް ގެންގޮސް ޗެކިން ކޮށްދީ އަދި މި ބޭފުޅުން އެނބުރި ރާއްޖެވަޑައިގަންނަވާ ދުވަހު މިބޭފުޅުންގެ ފޮށިކޮޅުތަކާ ހަވާލުވެ އެ ބޭފުޅުންނަށް ރައްދުކޮށްދިނުން.

12- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ އައުއަހަރުގެ ތަހުނިއާ ކާޑުތަކާއި އީދުގެ ތަހުނިއާ ކާޑު ފޮނުވައިދިނުން.

13- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ކެބިނެޓް މިނިސްޓަރުންނަށް ބޭރު ޤައުމުތަކުން ފޮނުއްވާ ކާޑުތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީއެސް 3

މުސާރަ: މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1,500  ރުފިޔާ    

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: ކޮންސިއުލަރ ސަރވިސް ޑިޕާޓްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ސަރުކާރުގެ އެކި ފަރާތްތަކުން ހުށަހަޅުއްވާ ޝްރީލަންކާ، އިންޑިއާ، ސިންގަޕޫރުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކުން ވިސާ ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.

2- ޝްރީލަންކާ، އިންޑިއާ، ސިންގަޕޫރުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކުން އާންމު ފަރާތްތަކަށް ބޭނުންވާ ވިސާ ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.

3- ވިސާގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތެއް ފޯރުކޮށްދިނުން.

4- މީހެއްގެ ހަވާލުގައި ޕާސްޕޯޓް އެކުލެވޭ މެއިލް ޕެކެޓެއް ލިބި، އެ މެއިލް ޕެކެޓެއް ބަލައި ދާންޖެހިއްޖެ ޙާލަތެއްގައި މެއިލްޕެކެޓް ބަލައިދިއުން.

5- ވިސާ ސްޓޭޓަސް ރިޕޯޓް ތައްޔާރުކުރުމާއި، ވިސާއާބެހޭ މަޢުލޫމާތާއި، ވިސާ ފޯމުތައް އަޕްޑޭޓްކުރުން.   

6- ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ބޭނުންވެގެން ސިޓީލާ މީހުންނަށް ފޯމު ދޫކުރުމާއި، ސިޓިޒަންޝިޕަށް އެދޭ ފޯމު ލިބުމުން، އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން.

7- މިނިސްޓްރީން "އެޓެސްޓް" ކުރުމަށް އެދި އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން.

8- ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅެނިކޮށް ފެންނަ ބޯޓުފަހަރާ ގުޅޭ މަސައްކަތްތައް ކުރުން.

9- ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުމާއި ސެކްޝަނުން އަހަރު ރިޕޯޓުގައި ހިމަނަންޖެހޭ ބައި ތައްޔާރުކުރުން.

10- ކަނޑައެޅިފައިވާ ތާވަލުގެ ދަށުން ޑިޕާޓްމަންޓުގެ އެންޓްރީ ނަގައި އެ ދުވަހެއްގެ ހެނދުނުގެ މިނިސްޓްރީގެ ހެޑުންގެ ބައްދަލުވުމުގެ ކުރިން އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށް އެރުވުން.

11- މިނިސްޓްރީގެ ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން. 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް (އީ.އެކްސް 1)

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ           
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)         

40%

10%

50%

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް (އެމް.އެސް2 – ޖީއެސް 3)

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)

45%

15%

40%

އިންޓަރވިއު އޮންނާނެ މުއްދަތު 

އިންޓަރވިއު އޮންނާނީ 02 އިން 12 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

25 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓުކޮށް، އިންޓަރވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

31 މާރިޗު 2016
ހޯދާ