ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކޮމްޕިއުޓަރ ޓެކްނީޝަން |
މަޤާމުގެ ރޭންކް: އެމް. އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަސައްކަތް ހަމަޖެހިފައިވާ ތަން: މަޖީދިއްޔާ ސްކޫލް |
މުސާރަ: މަހަކު -/5،610 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ |
އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠު: 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
ކުރަންޖެހޭ މަސައްކަތް:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، މި ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. |
ހުށަހަޅަންޖެހޭ ތަކެތި:
|
ސުންގަޑި: ބަޔާން ކުރެވިފައިވާ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 5 ވާ އަންގާރަދުވަހުގެ މެންދުރުފަހު 2:00 އެވެ. ތަކެތި ހުށަހަޅާނީ، މަޖީދިއްޔާ ސްކޫލަށެވެ. ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެވާހަކަ ދެންނެވީމެވެ. |
އިންޓަވިއު: |
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324691 ނަންބަރު ފޯނާއެވެ. |
22 ޖުމާދަލްއާޚިރާ 1437 |