ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ފޯމަން |
ބޭނުންވާ އަދަދު: 1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓްސް ސްޓާފް ގްރޭޑް 2 |
|
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
|
މުސާރަ: |
މަހަކު -/3470 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކަލާފާނު ސްކޫލް |
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1. ސްކޫލުގައި ކުރަން ހުންނަ މަރާމާތުފަދަ ކަންތައްތަކަށް އިޢުލާންކޮށް، މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން. 2. އެކިއެކި ފަރާތްތަކާ ޙަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓް ތައްޔާރުކޮށް، މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ އެންމެހައި ލިޔެކިއުންތައް ބަލަހައްޓައި، އަޕްޑޭޓް ކުރުން. 3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް، މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅާ ލޮގްކުރެވޭ މަސައްކަތްތައް ނިންމުން. 4. ސްކޫލުގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން. 6. ސްކޫލުގެ މުހިންމު ޙަފްލާތަކަށް މަސައްކަތު މީހުންގެ އެހީތެރިމަކާއެކު ތައްޔާރުކުރުން. 7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާއާއި ފަރުނީޗަރުތަކުގެ ހާލަތުބަލައި މަރާމާތާ ގުޅޭ ކަންތައްތައް، ބަޖެޓް ސެކްޝަނާ ގުޅިގެން އެކަންތައްތައް ކުރުން. 8. ފާޚާނާތައް ޗެކްކޮށް، އެތަންތަނާބެހޭ އޮބްޒަވޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން. |
|
މިވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންކަން: |
1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު. 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް. |
|
އެހެނިހެން އިނާޔަތްތައް: |
ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
|
ސުންގަޑި: |
|
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ސްކޫލުގެ 3326607 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3314457 އެވެ. |
20 ޖުމާދަލްއާޚިރާ 1437