ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓެއްގެ ޚިދުމަތް ދިނުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ފ.ފީއަލީ ބަނދަރު އިރުމަތީފަރާތުގައިވާ ބިމުގައި އައިސްޕްލާންޓެއްގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން.

ފ.ފީއަލީ ބަނދަރު އިރުމަތީފަރާތުގައިވާ ހުސްބިން 2000 (ދެހާސް) އަކަފޫޓުގެ 01 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 2016 މާރިޗު 10 ވަނަ ދުވަހު ހުޅުވާލުމާގުޅިގެން ބިޑް ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ މި އިދާރާގެ ނަންބަރު: 370-C/2016/19 (10 މާރިޗު 2016) އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފީމެވެ.

މި ބިމާބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  1. ބިންއޮތް ތަން: ފީއަލީ ބަނދަރު އިރުމަތީފަރާތު
  2. ބިމުގެ ބޮޑުމިން: 40x50 (2000 އަކަފޫޓު)
  3. ބިމުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ ކުލި (އަކަފޫޓަކަށް): 15/- ލާރި
  4. ކުއްޔަށް ދޫކުރާ މުއްދަތު: މީލާދީގޮތުން 10 އަހަރު

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

ޕްރޮޕޯޒަލް ހުށަހެޅުން

04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:15

10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00

މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، ބިޑްފޮތް ބައްލަވައިގެން ނަމަވެސް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. 2016 މާރިޗު 10 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގެންފައިވާ ފަރާތްތަކަށް އަލުން ބިޑްފޮތް ބައްލަވައިގަންނަން ނުޖެހޭނެކަމުގައިވެސް ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ -/500 ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                    

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ