ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިއުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގއ. ނިލަންދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނިލަންދޫ ސްކޫލުގެ އެޑްމިން ސެކްޝަން                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ސްޓޮކް ބާކީ ބަލައްހައްޓައި، ތަކެތި ދޫކުރުން.

*  ސްކޫލުގެ ކިޔަވައިދިނުމާއި، އިދާރީ ހިންގުމަށް ބޭނުންވާ ތަކެތީގެ ލިސްޓް، ކޮންމެ ހަފްތާއަކު އެއްފަހަރު، އެސިސްޓެންޓް ޑެޕިޔުޓީ ޕްރިންސިޕަލަށް ހުށަހެޅުން.

*   އިދާރީ ހިންގުމާއި، ކިޔަވައިދިނުމަށް ގަނެވޭ ތަކެތި، ހަމަ އެދުވަހު ސްޓޮކްބާކީގައި ލިޔުން.

*   ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކްބާކީން އުނިކޮށް، އެ މުވައްޒަފަކު ލައްވައި ސޮއިކުރުވުން.

*   ސްޓޮކްބާކީ އަބަދުވެސް ސީދާކޮށް ބެލެހެއްޓުން.

  1. ސްކޫލުގެ  ޔައުމިއްޔާ ބެލެހެއްޓުމާއި، އިދާރީ ކަންކަމުގައި އިދާރީ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

*  ފާއިތިވި ދުވަހުގެ ސްކޫލު ހިނގިގޮތުގެ ޔައުމިއްޔާ، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 4:00 ގެ ކުރިން ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން.

*  ސްކޫލުގެ އިތުރުގަޑީގެ ހާޒިރީގެ ބެލެހެއްޓުން.

* އިދާރީ މަސައްކަތުގައި ސްކޫލުގެ ވެރިންނަށާއި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

*  ސްކޫލަށް ވަންނަ ދަރިވަރުން ދުވަހުން ދުވަހަށް ރެޖިސްޓްރީކޮށް، އުނިވާ ދަރިވަރުން ރަޖިސްޓްރީން އުނިކުރުން.

*  އެންޓްރީ ކުރުން.

*   މެސެޖް، ސިޓީ، އިޢުލާން ފަދަ ތަކެތި ލިޔުން.

  1. ސެޝަން ސުޕަވައިޒަރަށް އެހީތެރިވެދިނުން.

 * ސެޝަން ބަލަހައްޓަވާ ސުޕަވައިޒަރަށް އެހީތެރިކަން ދިނުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން. 

  1. ސްކޫލުގެ އިމާރާތްތަކުގެ ސާފުތާހިރުކަމާއި، ފިކްސްޗަރސްގެ ހާލަތް ބަލައި ރިޕޯޓް ހުށަހެޅުން.

އިމާރާތްތަކުގެ ހާލަތު، ހަފްތާއަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށައަޅަމުން ގެންދިޔުން. މި މަޢުލޫމާތު ޝީޓުގައި ތިރީގައިމިވާ މަޢުލޫމާތު ހިމެނެންވާނެއެވެ.

* ސާފުތާހިރުކަން.

* ފަރުނީޗަރުގެ ހާލަތު

* ފަންކާތަކުގެ ހާލަތު.

* ހޮޅިބުރިތަކުގެ ހާލަތު.

* ދޮރާއި ދޮރުފަތްތަކުގެ ހާލަތު.

* ބްލެކްބޯޑުގެ ހާލަތު.

* ޕާޓިޝަނުގެ ހާލަތު.

* ތަޅުމުގެ ހާލަތު.

* ސީލިންގުގެ ހާލަތު.

* ކުލައާއި ދަވާދުގެ ހާލަތު.

* ދޮރުފޮތީގެ ހާލަތު.

* ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށިފަދަ ތަކެތީގެ ހާލަތު.

* ސްކޫލުގެ ގޯތިތެރޭގެ ސާފުތާހިރުކަމުގެ ހާލަތު.

  1. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

* މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުވާ ތަކެއްޗާއި، ސްކޫލުގެ ބަޖެޓުން ގަންނަ ތަކެއްޗާއި، އެހެނިހެންވެސް ފަރާތްތަކުން ދެއްވާ ތަކެތި ގަވާއިދުން އިންވެންޓްރީ ފޮތަށް އެރުވުން.

*  ހަލާކުވުމާއި ބާވުމުގެ ސަބަބުން ނައްތާލެވޭ ތަކެތި، ޕްރިންސިޕްލް މަޝްވަރާގެ މަތިން އިންވެންޓްރީން އުނިކުރުން.

* ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ބޭނުންވެގެން އެދޭ ފަރާތްތަކަށް، ކަނޑައެޅިފައި އޮންނަ އުސޫލުން، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ދޫކޮށް ބަލައިގަތުން.

* ނީލަންކިޔަންޖެހޭ ތަކެތީގެ ލިސްޓް، އަހަރަކު އެއްފަހަރު ނަގައި، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ނީލަން ކިޔުމުގެ ހުއްދަޔަށް ލިޔުން.

* ނީލަން ކިޔުމުގެ ހުއްދަލިބުމުން، ނީލަން ކިޔުމުގެ އިންތިޒާމް ހަމަޖެއްސުން.

* ނީލަންކިޔާ މުދާނެގި ފަރާތްތަކުގެ މަޢުލޫމާތާއި ފައިސާގެ އަދަދު ސެކްރެޓަރީއަށް ހުށަހެޅުން.

* ނީލަމުގައި ވިއްކިތަކެތި މަދަރަސާގެ އިންވެންޓްރީން އުނިކުރުން.

* ކޮންމެ އެކަޑަމިކް އަހަރެއް ނިމޭތާ އެއްމަސްދުވަހުގެ ތެރޭގައި އިންވެންޓްރީ ލިސްޓް އެވަގުތަކު ހުންނެވި އިސްވެރިއާއަށް ހުށަހެޅުން.

  1. ބައެއް އާންމު ކަންތައްތައް.

* ޕްރިންސިޕަލް އަންގާ އިދާރީ މަސައްކަތް ކުރުން.

* އެކިއެކި މުނާސަބަތުތަކާ ގުޅިގެން ތަހުނިޔާ ފޮނުވަންޖެހޭ ފަރާތްތަކަށް ތަހުނިޔާ ފޮނުވުން.

* ގޯތިތެރޭގައްޔާއި އިމާރާތްތަކުގައި އަނދާފައި ހުންނަ ހޮޅިބުރިތަކާއި ބޮކިތަކާއި މައްސަލަޖެހިފައި ހުންނަ ފަންކާއާއި ސްވިޗާއި ސޮކެޓް ބަދަލުކުރުން.

* ސްކޫލަށް ދިމާވާ ބޮޑެތި ކަންތައްތަކާއި ޚާއްޞަ ކަންތައްތަކުގައި އެއިރަކު ހުންނަވާ ވެރިއަކު އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.

* މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.

* ސްކޫލުގެ މުވައްޒަފަކަށްވީތީ ދަރިވަރުންނަށް ފެންނަހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

* ސްކޫލުގެ ގޯތިތެރޭގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިޢުމާލު ނުކުރުން.

* އަބަދުވެސް ދަރިވަރުންނަށް ރިވެތި ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރުން.

*  މަސައްކަތުގައި ފަރުވާތެރިވެ ހީވާގިވުން.

* ސްކޫލުގެ ސިއްރުތައް، ސިއްރުގެގޮތުގައި ދެމެހެޓުން.

* ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މަޤާމުގެ ޝަރުޠު:                                            

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކުން އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމު" ހުށަހަޅާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.  

އިންޓަރވިއު ކުރުން:

ހ. އިންޓަވިއު އޮންނާނީ، 10 އެޕްރީލް 2016 އާއި 12 އެޕްރީލް 2016 އާ ދެމެދުގެ ދުވަހެއްގައި ނިލަންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މަޤާމަށް އެދޭ ސިޓީއާއެކު، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، ނިލަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ މެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނިލަންދޫ ސްކޫލުގެ 7983074 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ