ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަންނަން

އިޢުލާން

ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

ހޯރަފުށީ ކައުންސިލްގެ އިދާރާއިން ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށާއި ކައުންސިލްގެ އެކި ބޭނުންތަކުގައި ބޭނުންކުރުމަށް 2 (ދޭއް) ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން

06 އެޕްރީލް 2016

ބުދަ

10:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

12 އެޕްރީލް 2016

އަންގާރަ

10:00

މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި ފަރުދުންގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016
ހޯދާ