ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ
އ.އ. ބޮޑުފޮޅުދޫ މަދަރުސާގެ 6 ކްލާސްރޫމް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ކުރި GS149/2016/06 ނަމްބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލުން
އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ.
6 ވައިޓްބޯޑު 6 ނޯޓިސްބޯޑު (ފެބްރިކް) 6 ޓީޗަރސް މޭޒު 150 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) |
6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ) 150 ސެކަންޑަރީ ޑެސްކު 6 ގަޑި ފާރުގައި ބަހައްޓާ 6 ޑަސްބިން |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 އެޕްރީލް 13 ވަނަ ދުވަހުގެ 13:00 އަށް |
2016 އެޕްރީލް 24 ވަނަ ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660841, ނަންބަރު ފޯނާއެވެ.