ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުން

އިޢުލާން

ނައިފަރު ކައުންސިލް އިދާރާއަށް ޕިކަޕެއް ހޯދުން (ދެވަނަފަހަރަށް ކުރެވޭ އިޢުލާން)

ނައިފަރު ކައުންސިލް އިދާރާއަށް 2 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ. ވީމާ، ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާއެކު 07 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް ނައިފަރު ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތަށް ހާޒިރުނުވެވޭނަމަ ބަދަލުގައި މީހަކު ފޮނުއްވޭނެއެވެ.

  • ޕިކަޕްގެ ބްރޭންޑް:
  • މޮޑެލް ނަންބަރު:
  • ބޭނުންކުރާ ހަކަތަ:
  • އެއްފަހަރާ އަގު އަދާކުރާނަމަ ޕިކަޕް ގެނެސްދޭނެ އަގު
  • އެކިފަހަރު މަތިން އަގު އަދާކުރާނަމަ: އަގުދެއްކުމަށް ލިބޭނެ މުއްދަތާއި، ފަހަރަކު ދައްކަންޖެހޭނެ ފައިސާގެ އަދަދު
  • ޕިކަޕްގެ ކަންޑިޝަން:
  • އަގު ހުށަހަޅުއްވާނީ ނައިފަރާ ހަމައަށް ޕިކަޕް ގެނެސްދެވޭނެ އަގެވެ. ޕިކަޕް ނައިފަރަށް ގެންނަންޖެހޭނީ ނައިފަރު ކައުންސިލުން ޕިކަޕްގެ ކަންޑިޝަން ޗެކް ކުރުމަށްފަހުގައެވެ. 
  • ޕިކަޕްގެ އަގު އަދާކުރެވޭނީ ނައިފަރު ކައުންސިލުން ނުވަތަ ނައިފަރު ކައުންސިލުން ކަނޑައަޅާ ފަރާތަކުން ޕިކަޕް ޗެކް ކުރުމަށްފަހު ޕިކަޕަކީ ނައިފަރު ކައުންސިލުން ޤަބޫލުކުރާ ކަންޑިޝަންގައިވާ ޕިކަޕެއް ކަމުގައިވާނަމައެވެ.

މި އިޢުލާނު ނުކުތުމުން 22 މާރިޗު 2016 ގައި ކުރެވިފައިވާ މި އިދާރާގެ ނަންބަރު (IUL) 327-B/327/2016/32 އިޢުލާނު ބާޠިލުކޮށްފީމެވެ.

30 މާރިޗު 2016
ހޯދާ