ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޢިމާރާތްކުރުމާގުޅޭ

އިޢުލާން

ވަންދޫ ޕްރީސްކޫލް ޢިމާރާތްކުރުމާ ގުޅޭ

މި އިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް ވަންދޫ ޕްރީސްކޫލް އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 6 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ފޯންނަންބަރު 7980047 އަށެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ