ދިވެހިރާއްޖެ
އިޢުލާން
މަގުބައްތި މަރާމާތުކުރުން ކޮންޓްރެކްޓަށް ދޫކުރުމާބެހޭ:
މާދަޑު މަގުތަކުގައި ޖަހާފައިވާ ބައްތިތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)424-MS/424/2016/16 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިމަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 11:00 ގައި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.
19 ޖުމާދަލްއާޚިރާ 1437